ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު ބުރުނި މިސްކިތުގެ ބޭރާއި، ބައުންޑަރީވޯލު އަދި ވުޟޫކުރާބަޔާއި މުންނާރުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިއިދާރާގެ ނަމްބަރ (IUL)382-CA/382/2026/27: (08 ޖުލައި 2026) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

މިސްކިތްތަކުގެ ބޭރާއި، ބައުންޑަރީވޯލު އަދި ވުޟޫކުރާބަޔާއި މުންނާރުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއެކު ފޯރުކޮށްދީފައިވާ މަޢުލޫމާތަށް ބައެއް ބަދަލު ގެންނަން މިއިދާރާއިން ނިންމާފައިވާތީ، އެއިޢުލާނު ބާޠިލު ކޮށް އަލުން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މަސްޖިދު ބުރުނީގެ ބައުންޑަރީވޯލާއި ވުޟޫކުރާބަޔާއި މުންނާރުގައި ކުލަލައިދިނުމަށްޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެފުރުޞަތު ހުޅުވާލަމެވެ.  މި މަސައްކަތަށް ބޭނުންވާ ކުލަ ފޯރުކޮށްދޭނީ ކައުންސިލުންނެވެ.

އަންދާސީ ހިސާބު 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލްގެ އީމެއިލް:  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި އަންދާސީ ހިސާބުތަށް އިވެލުއޭޓް ކުރެވޭނެ މިންގަޑު ތިރިގައި މިވަނީ އެވެ.

ކްރައިޓީރިއާ

މާރކްސް

އަގު

90

ތަޖުރިބާ

10

ޖުމުލަ

100

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6780038 ފޯނަށް ގުޅުއްވައި ނުވަތަ މެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޖުލައި 2026
ހޯދާ