މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

 ރައްޔިތުންނާއި ބައްދަލުކުރުމާއި ގުޅޭ   

           ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫންގެ 107 މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިކައުންސިލްގެ ފަރާތުން ޢާންމުކޮށް ހުޅުވާލައިގެން ޖުލައި މަހުގެ ތެރޭގައި ބާއްވާ  ރައްޔިތުންނާއި ބައްދަލުކުރުން، 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ރ. އިނގުރައިދޫ "ޕްލޭ ސްކޫލްގައި" އޮންނާނެއެވެ. މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

އެޖެންޑާ

  1. 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ރިޕޯޓް ހުށަހެޅުން.
  2. 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ލަފާކުރާ ބަޖެޓް ހުށަހެޅުން.
  3. ރައްޔިތުންގެ ސުވާލާއި ޖަވާބު
  4. ފިނިހިއްޕެވުން.

          ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.

          މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

13 ޖުލައި 2026
ހޯދާ