ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރު ކެމްބްރިޖް އޭލެވެލް އިމްތިޙާނު ހަދާ ދަރިވަރުންގެ އެޕްލިކޭޝަނަށް ހުޅުވާލުން

        2026 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޭލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން މި ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ދޫކުރުން 2026 ޖުލައި 13 ވާ ހޯމަ ދުވަހުން ފެށިގެން ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.

        އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމް https://forms.gle/SJkS6Z2cPv9M7wdE9 މެދުވެރިކޮށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. މި ކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޑިޕާޓްމަންޓްގެ ލިންކް ޓްރީ  https://linktr.ee/dpemv މެދުވެރިކޮށް ލިބެންހުންނާނެއެވެ.

13 ޖުލައި 2026
ހޯދާ