މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީ އެކުލަވައިލުމާއި ގުޅޭ

           ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެންބަރުން އިންތިހާބުކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ނ) ގެ (4)؛ 'ބ. ހިތާދޫ ރައްޔިތުން ތަމްސީލުކުރާ 2 މެމްބަރުން.' މި މާއްދާގެ ދަށުން، ކޮމިޓީގައި ޢާންމު ރައްޔިތުންގެ ތެރެއިން ހިމެނުމަށް ކަނޑައަޅާފައިވާ 2 މެމްބަރުން ކަނޑައެޅުމަށްޓަކައި، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަށް ހޯދަން ބޭނުންވެއެވެ.

           ވީމާ، މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާ، 'ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެންބަރުން އިންތިހާބުކުރުމުގެ އުސޫލު' ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 'ކޮމެޓީގެ ކޮންމެ މެންބަރަކީ އެ މެންބަރެއްގެ ނުވަތަ އެމެންބަރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.'، މި ޝަރުތު ހަމަވާ ފަރާތްތަކުން، 19 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ލިޔުމަކުން، މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި ލިޔުމުގައި، އެބޭފުޅެއްގެ ނަމާއި، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ފޯން ނަންބަރު ހިމެނެއްވުން އެދެމެވެ.

           އަދި ދަންނަވަމެވެ. 'ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެންބަރުން އިންތިހާބުކުރުމުގެ އުސޫލު' އަށް ގެނެވިފައިވާ އިސްލާޙާއި ގުޅިގެން، މި އިދާރާގެ ނަންބަރު (IUL)322-M/322/2025/79 (16 ޖޫން 2025) އިޢުލާނުން ޢާއްމު ކުރެވިފައިވާ 'ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރާނެ ކޮމެޓީ' އުވާލެވިފައިވާ ކަމުގައިވެސް ދަންނަވަމެވެ.

 

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖުލައި 2026
ހޯދާ