ދިވެހިރާއްޖެ
957/IUL/2026/014 :ނަމްބަރު
އިޢުލާން
ކޫލްސްކޫލް މަޝްރޫއުގެ ދަށުން މިމަދަރުސާގެ ކްލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމުގެ މަސައްކަތް
ކޫލްސްކޫލް މަޝްރޫއުގެ ދަށުން މިމަދަރުސާގެ ކްލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރެއްވުން |
2026 ޖުލައި 15 ވާ ބުދަ ދުވަހުގެ 9:00 ގައި |
|
އަންދާސީހިސާބު ހުށަހެޅުއްވުމާއި، ކެނޑުން |
2026 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 9:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
28 މުޙައްރަމް 1448
13 ޖުލައި 2026
