ދިވެހިރާއްޖެ
1- މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބަނދަރު ކަނޑިންމާގައި ނެރުބައްތި ޖަހައިދީ، ބަނދަރު ފެންއިސްކުރުތަކުގައި ފެން ހިނދާ ވަޅުގަނޑު ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
2- މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖުލައި 21ވަނަ ދުވަހުގެ 13:00ގެ ކުރިން ކޯޓޭޝަން ހުށަހެޅު އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރަށެވެ.
3- މި މަސައްކަތަށް ކޯޓޭޝަން ހުށަހަޅާނީ، މި އިޢުލާނާއެކު ހިމަނާފައިވާ ކޯޓޭޝަން ހުށަހަޅާ ފޯމުންނެވެ. ކޯޓޭޝަން ހުށަހެޅުމުގެ ކުރިން މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް ބެލުމަށް ފަހު، މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ އެ ކަމެއް ސާފުކުރަން ވާނެއެވެ.
4- މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލުކުރުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501013ށް ނުވަތަ 6501005ށް ގުޅުން އެދެމެވެ.
5- މަސައްކަތުގެ މައުލޫމާތު ކަރުދާސް، ކުރެހުންތައް މި އިޢުލާނާއެކު ހިމަނާފައި ވާނެއެވެ.
