ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަނި ކޮންޓްރޯލްކުރުމަށް ސަމާލުކަން ދިނުން

ރަށުގެ އެކި ސަރަޙައްދުތަކުގައި ހެދިފައިވާ ގަސްތަކުގައި ހުވަނި އަޅައި މަގުތަކަށާއި ގެތަކަށް ހުވަނި ވަނުމުގެ ސަބަބުން  އެ ސަރަޙައްދުގައި ދިރިއުޅޭ މިހުންނަށް ގައި ހިރުވުންފަދަ ޞިއްޙީ މައްސަލަތައް ދިމާވަމުންދާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން މި ކައުންސިލަށް ދަނީ ލިބެމުންނެވެ.

ހުވަނި ކޮންޓްރޯލްކުރުމަށްޓަކައި ގޭގައި ހެދިފައިވާ ގަސްތަކަށް ދުންޖެހުމަށާއި ސައިބޯނި ނުވަތަ ދޮވުމަށް ބޭނުންކުރާ ޑިޓަރޖެންޓެއް ފެނަށް ގިރުމަށްފަހު ގަސްތަކަށް ޖެހުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ. އަދި ހުވަނިން އާންމުންނަށްވާ އުނދަގޫ ކުޑަކުރުމަށްޓަކައި ޖުލައި މަހުގެ ކޮންމެ ދުވަހަކުވެސް 14:00 ން 18:00 އަށް ގަސްތަކަށް ދުންޖެހުމުގެ ހުއްދަ މި ކައުންސިލުން ދީފީމެވެ.

ވީމާ، ރަށުތެރޭގައި ހުވަނި އަޅާފައިވާ ގަސްތަކުގެ ތެރެއިން އެމީހެއްގެ ގޯތީގައިވާ ގަސްތަކުން، ހުވަނި ކޮންޓްރޯލްކޮށް ނައްތާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދިޔުމަށް މި ކައުންސިލްގެ ފަރާތުން އިލްތިމާސްކުރަމެވެ.

05 ޖުލައި 2026
ހޯދާ