މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަދިގެ ކުނިއަޅާ ޑަސްބިންތައް އިތުރުކުރުން
ބަދިގެ ޑަސްބިން ކުނި އެޅުމަށް އެކި ސަރަހައްދުތަކުގައި މިހާރު ބެހެއްޓިފައިވާ ޑަސްބިންތަކުގެ އިތުރުން އިތުރު ދެސަރަޙައްދެއްގައި ޑަސްބިން ބެހެއްޓިފައިވާނެއެވެ. އެދެސަރަހައްދަކީ،
- އަލިމަސް ގޯޅި (ހިޔަލީވިލާ ގޯއްޗާއި ދިމާލުން) އަވަށް ބޭރު
- ދިލާސާ ހިނގުން ( ކަލީ ގޯއްޗާ ދިމާލުން ) އަވަށް ބޭރު
ބަދިގެ ޑަސްބިން އެޅުމަށް ބެހެއްޓިފައިވާ ޑަސްބިންތަކަށް ދަޅު، ފުޅި އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އެހެންކަމުން ބިދޭސީ މުއައްޒަފުން ގެންގުޅުއްވާ ފަރާތްތަކުންވެސް އެމުއްޒަފުންނަށް މި މަޢުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމަވެ.
12 ޖުލައި 2026
ހޯދާ
