ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2026/49(IUL)
އިޢުލާން
ބިދޭސީންގެ މަޢުލޫމާތު އެއްކުރުން
ބިދޭސީންގެ ދަފުތަރު އެކުލަވާލުމަށްޓަކައި، މިރަށުގައި ދިރިއުޅޭ އެންމެހައި ބިދޭސީންގެ މަޢުލޫމާތު ހޯދުމަށް މިއިދާރާއިން ކުރި، ނަންބަރ: (IUL)331/331/2026/32 އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ. މިހާތަނަށް މިއިދާރަށް މަޢުލޫމާތު ދީފައިނުވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު 20 ޖުލައި 2026 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އާއި 12:00 ދެމެދު މިއިދާރާއަށް ހުށަހެޅުމަށް އަންގަމެވެ.
1- ވާރކްޕާމިޓް ކާޑުގެ ކޮޕީ
2- ބިދޭސީމީހާ ގެންގުޅޭ ފަރާތުގެ ނުވަތަ އެމްޕްލޯޔަރގެ ނަމާއި، އެޑްރެސް އަދި ފޯން ނަމްބަރު
އަދި ދަންނަވަމެވެ. ބިދޭސީން އަލަށް ރަށަށްގެންނަ ފަރާތްތަކުންނާއި، ރަށުން ފުރުވާލާ ފަރާތްތަކުންވެސް ބިދޭސީމީހާ ރަށަށް ގެންނަތާ އަދި ފުރުވާލާތާ، ރަސްމީ 3 ދުވަހުގެތެރޭގައި އެމީހާއާއި ބެހޭ މަޢުލޫމާތު މިކައުންސިލަށް އަންގަންވާނެއެވެ. މިގޮތަށް މަޢުލޫމަތު ނުދެއްވާ، ބިދޭސީން ގެންގުޅޭނަމަ އެފަރާތެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާ އަކަށް ފޮނުވާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
