|
މަޤާމް:
|
އިންޓާރން
|
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
|
ބޭނުންވާ މުއްދަތު:
|
1 (އެކެއް) މަސްދުވަސް
|
|
އެލަވަންސް:
|
2000.00ރުފިޔާ (މަހަކު)
|
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
08:00 ން 14:00 އަށް
|
|
ވަޒީފާއަދާކުރަންޖެހޭ ތަން:
|
ނ.ވެލިދޫކައުންސިލްގެ އިދާރާ
|
|
އެލަވަންސް:
|
2000.00ރުފިޔާ (މަހަކު)
|
|
މައިގަޑު މަސައްކަތް:
|
- ރަށުންއެކިބޭނުންތަކަށް ދޫކުރެވޭ ބިންތައް ސާރވޭކުރުމުގައި އެހީތެރިކަން ދިނުން.
- ލޭންޑް ސާރވޭއާއި ގުޅޭ މަސައްކަތްތަކުގައި އިކްއިޕްމަންޓްސް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ، އެމަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދިނުން.
- އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީމަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުމަށް އެހީތެރިވުން.
|
|
ތައުލީމީ ފެންވަރު:
|
- ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން.
- މަޤާމަށް މީހަކު ނެގުމުގައި ކޮމްޕިއުޓަރއަށް އަހުލުވެރި ފަރާތްތަކަށް ބޮޑަށް އިސްކަންދެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
|
|
އެދެންވީގޮތާއި ސުންގަޑި:
|
- ޝައުޤުވެރިވާ ފަރާތްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް އިންޓަރންޝިޕަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް ކައުންސިލްއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
|
|
އިންޓަރވިއު އަދި އިމްތިޙާން އޮންނާނެތަނާއި، މުއްމުދަތު
|
މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 16 ޖުލައި 2026 ދުވަހުއެވެ. ވުމާއިއެކު، އެމުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
|
|
އިތުރުމައުލޫމާތު
|
- ނަގާނީ މެރިޓް އުސޫލުން އެންމެ ގިނައިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
- ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6568018، 6567980 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.
|