މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަށާފާރުގެ ދެފަރާތުގައި ކުލަލުން
- އިޢުލާން ނަންބަރ: 906/IULAAN/2026/13 ޤާނޫނު ނަންބަރ: 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އާއި ތާރަޒު ވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރ: 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
- މަސައްކަތުގެ ތަފްސީލް:
2.1- ކުލަލާންވާނީ އިސްކަރާބުން ކުލަ ފައިބާފައި ހުރިތަންތަނުން ކުލަ ކެހުމަށްފަހު
2.2- ކުލަލާންވާނީ ތިރިންފެށިގެން މައްޗަށް ވެލިފޮޅާ ސާފް ކުރުމަށް ފަހު
2.3- ކުލަލާންވާނީ ފާރުގެ ރަތްވެފައި ހުރިތަންތަނުގައި ސްޓީލްވޫލުން ސާފްކޮށް، ފެނުން ދޮވެސާފުކުރުން
2.4- ކުލަލާންވާނީ ސްކޫލުން ޤަބޫލްކުރާ ރަގަނޅު ފެންވަރަކަށް
2.5- ކުލަލާ ނިމޭއިރު ހުންނަށް ވާނީ މިހާރު ހުރި ޑިޒައިނަށް ބޯޑަރ އެޅިފަ
2.6- ކުލަލާ ނިމޭއިރު ދެކުނުފަރާތުފާރާއި ގުޅިފައި ހުރި ފާރު ފިޔަވާ ހުރިހާ ފާރެއްގައި ހުންނަށް ވާނީ ކުލަލެވިފަ
2.7- މިމަސައްކަތަށް ސްކޫލުން ފޯރުކޮށްދެވޭނީ ހަމައެކަނި ކުލައެވެ.
- ހއ.ކެލާ މަދަރުސަތުއްޝައިޚް އިބްރާހިމްގެ ވަށާފާރުގެ ދެފަރާތުގައި ކުލަލައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއެވެ.
- ކޮޓޭޝަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެދުނު 10:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޮފީހުގައެވެ. ގަޑިޖެހިގެން ހާޒިރުވާ އެއްވެސް ފަރާތެއްގެ ކޮޓޭޝަން ބަލައިނުގަނެ ވާހަކަ ދަންނަވަމެވެ. (މިސްކޫލްގެ އޮފީސް ވަނީ މަލްޓިޕާޕޯސް ހޯލްގެ ހުޅަނގު އުތުރުގައި އިން ކުލާހަށް ބަދަލުކުރެވިފަ)
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝެއިޚު އިބްރާހީމް ސްކޫލް
މިސްކިތްމަގު ކެލާ، ދިވެހިރާއްޖެ.
ފޯން: 6500097
އީ-މެއިލް: [email protected]
12 ޖުލައި 2026
ހޯދާ
