މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޗީފް އިންވެސްޓްމެންޓް އޮފިސަރ

މަޤާމް: ޗީފް އިންވެސްޓްމެންޓް އޮފިސަރ

ޑިވިޜަން: އިންވެސްޓްމެންޓް އެންޑް ރިސާރޗް

ބޭނުންވާ ޢަދަދު: 01

ކޮންޓްރެކްޓްގެ މުއްދަތު: 2 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަންމޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)


މަޤާމުގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތައް:

މި މަޤާމަށް ކަނޑައަޅާފައިވާ ޝަރުޠުތަކާއި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

މުސާރަ އާއި ޢިނާޔަތްތައް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކާއި މަސައްކަތުގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން މުސާރަ އާއި ޢިނާޔަތްތައް ދެވޭނެއެވެ.

  • ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން ހެލްތު އިންޝުއަރެންސް އަދި މި ނޫނަސް މި އޮފީހުގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައްް ދެވޭނެއެވެ.

އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް (jobs.pension.gov.mv) މެދުވެރިކޮށެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ، އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސަނަދެއްނަމަ އެކްރެޑިޓްކޮށްފައިވާ)

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުން (މަޤާމާއި ވަޒީފާއަދާކުރި މުއްދަތު އަދި މަސްއޫލިއްޔަތުތައް އެނގޭ ގޮތަށް)

  • ޕޮލިސް ރިޕޯޓު (ދޫކުރިތާ 4 މަސް ނުވާ).

އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާނު  ބޭއްވޭނީ 2 އޮގަސްޓް 2026 އާއި 13 އޮގަސްޓް 2026  އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

 

ނޯޓު:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2026 ވާ ބުރަސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. 

12 ޖުލައި 2026
ހޯދާ