ދިވެހިރާއްޖެ
ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓިން، މިރަށުގެ ކަނބަލުންނަށް ފަހަން ދަސްކޮށްދޭ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
މި ކޯހަކީ މިލަދޫގެ 50 އަންހެން ކަނބަލުންނަށް ފަހަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ. ވީމާ، މިކޯސް ހިންގައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
- ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު.
- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާޞިލު ކުރެވޭނެ މިންވަރު.
- ކޯސް ކުރިޔަށް ގެންދާނެގޮތް.
- ކޯސް ހިންގައިދޭނޭ އަގު / ބައިވެރިންގެ އަތުން ނެގޭނެ ފީ
މާރކުސް ދެވޭނެގޮތް:
- އަގު %50
- ތަޖުރިބާ %30
- ހުށަހެޅުން %20
ފަހަން ދަސްކޮސްދޭ ކޯސް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 12:00 އަށް ނ.މިލަދޫ ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
