ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ފަރާތުން ވަރޓިކަލް ފާމިންގ ހައިޑްރޮޕޮނިކްސް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ތަކެތި ހޯދައި، އެ ތަކެތި ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރަށް ފޯރުކޮށްދީ ސިސްޓަމްތައް އިންސްޓޯލް ކުރުމަށްފަހު ޓްރެއިނިންގ ދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-P1/30/2026/84 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާ، އަމީރު އަޙްމަދުމަގު) ވަޑައިގެންދެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3309331 އަދި 3339231 ނަންބަރު ފޯނަށެވެ.
