ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިކައުންސިލާއި މިރަށުގެ މުއައްސަސާތަކާއި ކުލަބު / ޖަމުޢިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި ފަރުމަސް ރޭހެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މި ފަރުމަސްރޭސް އޮންނާނީ 2026 ޖުލައި 26 ވަނަ ދުވަހުއެވެ.

ވީމާ، މި ފަރުމަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ފަރުމަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރުއްވައި 2026 ޖުލައި 15 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން މިކައުންސިލްގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ. ފަރުމަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމާއި ފަރުމަސް ރޭހުގެ ގަވާއިދު މި އިޢުލާނާ އެއްފަތްކޮށްފައިވާނެއެވެ.

މިފަރުމަސްރޭހާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ މިކައުންސިލުގެ ލީގަލް އޮފިސަރ އަލްއުސްތާޛު ޢުބައިދުﷲ ޝަރީފް (7655565) އާއެވެ.

11 ޖުލައި 2026
ހޯދާ