ދިވެހިރާއްޖެ
|
އިޢުލާނު މިއިދާރާގެ ނަންބަރު: (IUL)343-AS/343/2026/37 އިޢުލާންގައި މައްސަލަތަކެއް ހުރުމާއެކު އެޢިލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިރަށުގެ މިސްކިތްތަކުގައި ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަޒީފާއިންވަކިވުން، ޕޭލީވް، ނޯޕޭ ލީވް، އަހަރީ ޗުއްޓީ އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައކަތަށް ނުނިކުމޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެމަގާމްތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްތަށް އެކުލާލެވޭ ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޝަތު ޝައުގުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މިސްކިތް ވޭޖް/ ޕޫލް ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު- މަސައްކަތު
|
|
|
މަޤާމު: |
މަސައްކަތު މުވައްޒަފު (ވޭޖް/ޕޫލް) |
|
ބޭނުންވާ އަދަދު: |
- |
|
މަޤާމުގެ ބާވަތާއި މުއްދަތު: |
ވޭޖް އެންޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މަސްޖިދުއްތަޤުވާ / މަސްޖިދުލް ޢީސާރު (އއ. ބޮޑުފޮޅުދޫ ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި) |
|
މުސާރަ: |
މަސައްކަތް ކުރާގަޑިއަކަށް -/35ރ ( ތިރީސްފަސްރުފިޔާ،) |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތަށްގޮސް ނަމާދުކުރެވޭގޮތަށް މިސްކިތް ފޮޅާ ސާފުކުރުން. 2- ސްޕައިވަޒަ އަންގާ ގޮތެއްގެ މަތީން މިސްކިތްފޮޅާ ސާފުކުރުމާއި، ފާޚާނާއާއި، އިސްކުރުބަރިތައް ޤަވާއިދުން ޗެކްކުރުމާއެކު ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރޭއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކެހުން: 3- ކޮންމެ ދުވަހަކުވެސް މިސްކިތައްގޮސް ބިއްލޫރި ދޮރުތަކާއި، ލައިޓް،ފަންކާ އޭސީ އަދި ކަބަޑުތައް ފޮޅާ ސާފުކުރުން: އަދި ފަންކާތަކާއި، ލައިޓްތައް ދިއްލާ ނިންވުން. 4- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ސްޕައިޒަރަށް އަންގަމުން ގެންދިއުން. 5- ސްޕައިޒަރ ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށްފެންދީ ބެލެހެއްޓުން 6- ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާ ހިންގާ އެކިއެކި ޕްރޮގްރާމާއި މުނާސަބުތައް ހިންގުމަށް ކައުންސިލުން އަންގައިފިހިނދެއްގައި ފުރިހަމައަށް އެއްބާރުލުން ދިނުން. |
|
މަޤާމުގެ ޝަރުޠުތައް: |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660900 އަށެވެ. އީ-މެއިލް ކުރާނީ ([email protected] ) އަށެވެ. |
|
09 ޖުލައި 2026މ.
