ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީގައި ނެޓުބޯޅަ ކުރިއެރުވުމަށާއި ނެޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ރަށުގެ ޒުވާނުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން" ޑަބްލިއު.ޑީ.ސީ ނެޓްބޯޅަ ޗެލެންޖް 2026" ނަމުގައި 14 އޮގަސްޓް 2026 ގައި ނެޓުބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 23 ޖުލައި 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ހުށައެޅުއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ، ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑި އަކީ 6 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ 14:00 ކަމުގައި ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 10 ޓީމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް :
WDC Netball Challenge 2026 – Team Registration Form – Fill out form
މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު އާއްމު ކުރެވިފައިވާނެއެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527209 އަށެވެ.
