މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު - ހިތާދޫ ފުޓްސެލް ދަނޑުގެ ރޮސްޓަމް ހެދުން
މި އިޢުލާންވަނީ 16 ޖުލައި 2026 12:54 ގައި ބާތިލް ކުރެވިފައެވެ.
- މިރަށު ފުޓްސެލް ދަނޑުގެ ރޮސްޓަމް ހެދުމުގެ މަޢުލޫމާތަށް ބަދަލުގެނެވިފައިވާތީ، ފުޓްސެލް ދަނޑުގެ ރޮސްޓަމް ހެދުމަށް، ކުރެވުނު ނަންބަރު 322/322/2025/99(IUL) (16 ޖުލައި 2025) އިޢުލާނު ބާޠިލުކުރުމަށް ފަހު އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 13 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
- މި ބީލަމާގުޅޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ވީމާ ބިޑްގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް އެގަޑިއަށް ކައުންސިލް އިދާރާއަށްދުރުވެ ދެއްވުން އެދެމެވެ. ބިޑް ހުށައެޅޭނީ، މަޢުލޫމާތު ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ.
- ބިޑްގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް، ސިޓީއާއި ދުރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގައިވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް މެއިލްކުރައްވާ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
- އީމެއިލް: [email protected]
09 ޖުލައި 2026
ހޯދާ
