ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ހޯދުން

އިޢުލާން

ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ހޯދުން.

ދިވެހި ސަރުކާރުގެ ޚަރަދުގައި ނިލަންދޫގައި ޤާއިމުކުރުމަށް ނިންމާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޢިމާރާތުގެ އެތެރޭގައި ހަދާ ޢިމާރާތާއި ގޯތީގެ ވަށާފާރު ރޭނުމަށް ބޭނުންވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު C/2016/02-ފ374 (13 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މަޢުލޫމާތު ސާފުކުރުން

01 ފެބްރުވަރީ 2016

11:00 ގައި

އަންދާސީހިސާބު ހުށަހެޅުން

04 ފެބްރުވަރީ 2016

11:00 ގައި

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބުތައް ބަލައިގަތުން

ފ. ނިލަންދޫ ކައުންސިލް އިދާރާގައި

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓިއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ވިއްކުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރި ފަރާތް ނޫން އެހެން ފަރާތެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެފަރާތެއްގެ ރަސްމީ ލިޔުމެއް އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑިއިރު ކުރިން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ރަބީޢުލްއާޚިރު 1437

15 ޖަނަވަރީ 2016
ހޯދާ