ފެލިދެއަތޮޅު ކެޔޮދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލައިންސް ޑްރައިވަރު


އިޢުލާނު

 

މަޤާމު:

އެމްބިއުލައިންސް  ޑްރައިވަރު

މަޤާމުގެ ނަންބަރު:

J-448213

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާވިސް ރޭންކް 3 ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވ.ކެޔޮދޫ ޞިއްޙީމަރުކަޒު

މުސާރަ:

-/9220 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/2765 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  3. ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް އެޓެންޑަންސް ބެނެފިޓް ގޮތުގައި 75 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެމްބިއުލޭންސްގައި ކުރެވޭ ދަތުރުތަކުގައި ބަލިމީހުންނަށް ލޯތްބާއި އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށް ދިނުން.
  2. އެމްބިއުލޭންސްގައި ކުރެވޭ ދަތުރުތަކުގެ ރެކޯޑް ތަފްޞީލްކޮށް ދުވަހުން ދުވަހަށް އަދާހަމަކުރުން.
  3. އެމްބިއުލޭންސް ދުއްވުމަށް ބޭނުންވާ ތެލާއި، އެމްބިއުލޭންސްގެ އެކިއެކި ކަންކަމަށް ބޭނުންވާ ތެޔޮފަދަތަކެތި، ހުސްވުމުގެ ކުރިން އެތަކެތި ހޯދުމަށް ރިކުއެސްޓް ކުރުމާއި، ދަތުރުތަކަށް މަދުނުވާނެ މިންވަރަށް ތަކެތި ހަމަޔަށް ހުރިކަން ޔަގީންކުރުން.
  4. އެއްވެސް ޙާލަތެއްގައި އެމްބިއުލޭންސްގެ ޚިދުމަތް މެދުކެނޑިއްޖެނަމަ، ސްޓްރެޗަރ އަދި ވީލްޗެއަރ ފަދަ ތަކެތީގައި ބަލިމީހުން އުފުލުން.
  5. އެމްބިއުލޭންސް ދުއްވަން އެރުމުގެ ކުރިން ކޮންމެހެން ޗެކްކުރަންޖެހޭ ކަންކަން ރަނގަޅަށް ބަލައި ދުވަހުގެ ޗެކްޝީޓް ފުރިހަމަކޮށް ސުޕަވައިޒަރާއި ޙިއްސާކުރުން.
  6. ވެހިކަލް ތަކުގެ ބޭރު ހަފްތާއަކު އެއްފަހަރު ފެނުން ދޮވެ ސާފުކުރުމާއި، އެތެރެ ކާޕެޓް އަދި އެހެނިހެން ބައިތައް ކޮންމެ ދުވަހަކުވެސް ހިރަފުސް ފޮޅައި ސާފުކުރުން.
  7. އެމްބިއުލޭންސް ދުއްވުމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާތެރިވުމާއި، ވެހިކަލްގެ ރައްކާތެރިކަމާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް ޢަމަލުކުރުން
  8. އެމްބިއުލޭންސްގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެކަމުގެ ފުރިހަމަ ތަފްޞީލާއެކު ސުޕަވައިޒަރަށް ވަގުތުން އެންގުމާއި ސުޕަވައިޒަރުގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުން.
  9. ކޮންމެ ދުވަހެއްގެވެސް މަސައްކަތް ފެށުމާއެކު އެމްބިއުލޭންސްގެ ޗެކްޝީޓު ފުރިހަމަކުރުމާއި، ދަތުރެއް ނެތްނަމަވެސް މަދުވެގެން 30 މިނެޓް ސްޓާޓްކޮށް ބެޓެރި ޗާޖްކޮށް އެމަޖެންސީ ޙާލަތަކަށް އެމްބިއުލޭންސް ތައްޔާރުކުރުން.
  10. އެމްބިއުލޭންސްގެ އެތެރޭގެ ސުވިޗްތަކާއި އެހެނިހެން އިކުއިޕްމަންޓާއި ބޭރުގެ މައިގަނޑު ބައިތަކަށް އަހުލުވެރިވުން.
  11. އެމްބިއުލޭންސްގެ މެއިންޓަނަންސް މަސައްކަތްތައް ދަސްކުރުމާއި، އެފަދަ މަސައްކަތްތައް ކުރުން.
  12. މަރުކަޒުން އުފުލަންޖެހޭ ލެބޯޓަރީ ސާމްޕަލްތައް މަރުކަޒުން ޙަވާލުކުރާ ހިސާބަކަށް ގެންދިއުމާއި، ސާމްޕަލްތައް އުފުލާ ކެރިއަރު ފަދަތަކެތި، އަނބުރާ މަރުކަޒަށް ގެނައުން.
  13. ބަލިމީހުން އުފުލުމަށް ކުރަންޖެހޭ ދަތުރުތަކުގެ އިތުރުން، މަރުކަޒުގެ އިސްވެރިންގެ އެންގުމުގެ މަތިން އެމްބިއުލޭންސާއި މަރުކަޒުގެ އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ވެހިކަލްތަކުގައި ދަތުރުތައް ކުރުން.
  14. ވަޒީފާގެ ގޮތުން މުވައްޒަފަށް އެނގޭ އޮފީހުގެ ސިއްރުތައް އަދި ބަލިމީހުންނާއި ގުޅުންހުރި މަޢުލޫމާތުތައް އާންމުންނަށް ހާމަނުކުރުން
  15. ކުރެވޭ ދަތުރުތަކުން އެއްވެސް ފައިސާއެއް ޚިދުމަތް ހޯދާ ފަރާތުން ނަގަންޖެހޭނަމަ، އެކަމެއްގެ މަޢުލޫމާތު ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް އެންގުމާއި، ފައިސާ ބަލައިގަންނަން ހަމަޖެހިފައި ހުންނަ ގޮތުގެ މަޢުލޫމާތު ފޯރުކޮށް ދިނުން.
  16. އެމަޖެންސީ ޙާލަތްތަކަށް އަބަދުވެސް ތައްޔާރަށް ހުރުމާއި، ފޯނުކޯލުތަކަށް ވަގުތުން ޖަވާބުދާރީވުން.
  17. އެހެނިހެން ސެކްޝަންތަކުގެ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެކަމަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި، ރަސްމީ ހުސްވަގުތުތަކުގައި ސަޕޯޓް ސްޓާފުންގެ މަސައްކަތްތަކުގައި ވީވަރަކުން ބައިވެރިވުން.
  18. ސިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު: 

  1. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުން (B0, B1, B2)

މަޤާމްގެ މަސައްކަތުގެ ދާއިރާ:

-          އެއްގަމު އުޅަނދު ދުއްވުމުގެ މަސައްކަތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު)މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv އަދި މި ޞިއްޙީމަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

https://www.csc.gov.mv/Announcement/Viewdownloads/4

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުމުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ވ.ކެޔޮދޫ ޞިއްހީމަރުކަޒަށެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected]  އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:އީ-މެއިލްއިންހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއްފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

 

އިންޓަރވިއުއާއި އިމްތިހާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ، 23 ޖުލައި 2026 ން 30 ޖުލައި 2026 އާއި ދެމެދު މި ޞިއްޙީމަރުކަޒުގެ އިދާރާގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700039 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

 

09 ޖުލައި 2026
ހޯދާ