ދިވެހިރާއްޖެ
އިޢުލާން
މަގުމަތީގައި ޤަވާއިދާޚިލާފަށް އުޅަނދުފަހަރު ބެހެއްޓުމާއި، އާންމުންނަށް އުނދަގޫވާގޮތަށް މަގު ބޭނުންކުރުމާ ގުޅޭ
މި ރަށުގެ މަގުމަތީގައި ގަރާޖު ހުއްދަ ނެގުމެއްނެތި، ގިނަ އަދަދެއްގެ އެއްގަމު އުޅަނދުފަހަރު ދާއިމީގޮތެއްގައި ބަހައްޓާފައި ހުންނަކަން މި ކައުންސިލްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މިގޮތަށް މަގުމަތީގައި އުޅަނދުފަހަރު ޕާކުކޮށްފައި ބެހެއްޓުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށާއި ހިނގާބިނގާވެއުޅޭ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދެއެވެ.
ވުމާއެކު، ރަށުގެ މަގުތަކަކީ އެންމެހައި ރައްޔިތުންނަށް އަމާން އަދި ފަސޭހަ ތަންތަނަށް ހެދުމަށްޓަކައި، ތިރީގައިވާ ކަންކަމަށް ސަމާލުވުމަށް އެންމެހައި ރައްޔިތުންނަށް އަންގާ ހަނދާންކޮށްދެމުއެވެ.
- ގަރާޖު ހުއްދަ ހޯދުން: ގަރާޖު ރަޖިސްޓްރީނުކޮށް ( 02 ފުރޮޅުލީ އެއްގަމު އުޅަނދުފަހަރު ފިޔަވައި ) އުޅަނދު ގެންގުޅުއްވާ ފަރާތްތަކުން 15 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ ކުރިން ކައުންސިލުން ނަގަންޖެހޭ ގަރާޖު ހުއްދަ ނަންގަވައިގެން ނޫނީ އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެއް ކަން އަންގަމެވެ.
- މަގުމަތީގައި ޕާކުކޮށްފައި ނުބެހެއްޓުން: ގަރާޖު ހުއްދަ ނެތި، ދިގު މުއްދަތަކަށް މަގުމަތީގައި ވެހިކަލްތައް ޕާކުކޮށްފައި ބެހެއްޓުމަކީ މަނާކަމެކެވެ.
- ސައިކަލް ޕާކުކުރުމުގެ އަދަބުތައް: ސައިކަލް ފަދަ އުޅަނދުފަހަރު ޕާކުކުރަންވާނީ މަގުގެ އެއްކައިރީގައި، ހިނގާބިނގާވެއުޅޭ މީހުންނަށާއި ދަތުރުފަތުރުކުރާ އެހެން އުޅަނދުތަކަށް އުނދަގޫ ނުވާނޭ ފަދަ ގޮތަކަށެވެ.
- މަގުމަތީގައި ތަކެތި ބެހެއްޓުން މަނާކުރުން: މަގުތަކަކީ އާންމު ތަނަކަށްވީތީ، މީހުންނަށް އުނދަގޫވާ ގޮތަށް މަގުމައްޗަށް އެކި ބާވަތުގެ ތަކެތި ނެރެފައި ބެހެއްޓުމަކީ މަނާކަމެކެވެ.
މި އިޢުލާނާ ޚިލާފަށް، ހުއްދަ ނުނަގައި މަގުމަތީގައި އުޅަނދުފަހަރު ބަހައްޓާ ފަރާތްތަކާއި، އާންމުންނަށް އުނދަގޫވާގޮތަށް މަގު ބޭނުންކުރާ ފަރާތްތަކާމެދު، ޤަވާއިދުން ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ.
