ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު
މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި މި އިދާރާއާއި ގުޅިގެން "ނިޔަމި ކޯސް – ލެވެލް 2" މި ރަށުގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.
ކޯހާއިބެހޭ އިތުރު މަޢުލޫމާތު:
- ކޯހުގެ ނަން: ނިޔަމި ކޯސް – ލެވެލް 2
- ކޯހުގެ ފީ: -/2000 ރުފިޔާ
- ކޯސް ބާއްވާ ތަން: ގދ. މަޑަވެލި
- ކޯހުގެ މުއްދަތު: 04 ދުވަސް
މި ކޯހުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ތިރީގައިވާ ލިންކް ބޭނުންކޮށްގެން ބައިވެރިވުމަށް ދަންނަވަމެވެ. ކޯހުގެ ބައިވެރިވުމުގެ ސުންގަޑިއަކީ 21 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ކަމުގައި ދަންނަވަމެވެ.
ފޯމް ލިންކް: https://forms.gle/v1gqcYw9RaT8Kspi8
ކޯސް ހިންގޭނީ ކޯހުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 15 ބައިވެރިންނަށްވުރެ ގިނައިން ބައިވެރިވެފައިވާނަމައެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
09 ޖުލައި 2026
ހޯދާ
