އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުން

 

                                                                                  ނަންބަރ: GS41-IUL/2026/08

 

ނީލަން ކިޔުން

 

 

 

މިސްކޫލްގައި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަންކިޔުން

 

               މިސްކޫލްގައި ހުރި އިމާރާތްތަކުން ނެގިފައިވާ ތަކެތި ނީލަމުގެ އުޞޫލުން ނީލަންކިޔުން 2026 ޖުލައި 19 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ސްކޫލްގައި އޮންނާނެއެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                     ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 2026 ޖުލައި 19 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސްކޫލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

                     ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރިވެވޭނީ 03 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ. އަދި މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންފުޅުވެލައްވާނަމަ މިސްކޫލްގެ އީ-މެއިލް: [email protected] ފޯން ނަންބަރު: 6891601/6891550 އަށް ގުޅުއްވުން އެދެމެވެ.

           މި އިޢުލާނާއެކު ލިސްޓް އެޓޭޗްކުރެވިފައިވާނެއެވެ.

 

           24 މުޙައްރަމް 1448

           09 ޖުލައި   2026

09 ޖުލައި 2026
ހޯދާ