ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ޖުލައިމަހި ދަރަނބޫދޫ ރައްޔިތުންނާއި ބައްދަލްކުރުން

އިޢުލާން

ޖުލައިމަހު ދަރަނބޫދޫ ރައްޔިތުންނާއި ބައްދަލްކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ޖުލައިމަހު ރައްޔިތުންނާއި ބައްދަލްކުރުމަށް ބާއްވާ ބައްދަލްވުން 2026 ޖުލައި 17 ވާ ހުކުރު ދުވަހުގެ ރޭ 20:30ގައި ދަރަނބޫދޫ ދާރުލްޢުލޫމް ހޯލްގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ. މިބައްދަލްވުމުގައި 18 އަހަރުން މަތީގެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެދެއްވުން އެދެމެވެ.

ރައްޔިތުންގެ ބައްދަލްވުމުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކައްތައްތައް ތިރީގައި ދަންނަވާފައި އެވަނީއެވެ.

  1.     ކައުންސިލުން ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުން.
  2.     ކުރިޔަށް އޮތް 05 އަހަރުގެ ތަރައްޤީ ޕްލޭން ހެދުމާއި ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުން

           މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ 6740015 ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖުލައި 2026
ހޯދާ