ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ލޭބަރަރ، ގްރޭޑް 1

މަޤާމް:

ވޭސްޓް މެނޭޖްމަންޓް ލޭބަރަރ، ގްރޭޑް 1

މަޤާމްގެ ނަންބަރ:

J-458473

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

ރޭންކް 1 - ސްޓެޕް 1

މަޤާމްގެ ކްލެސިފިކޭޝަން:

-

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް - ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

8,020.00 (ރުފިޔާ މަހަކު)

ސަރވިސް އެލެވެންސް

2,410.00 (ރުފިޔާ މަހަކު)

އެހެނިހެން އެލެވެންސް

1-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

2-  ހާޟިރުވާ ކޮންމެ ދުވަހަކަށް     65.00 ރުފިޔާ.

3-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

 

 

 

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  3. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. ކުނިމެނޭޖްކުރުމަށް ކައުންސިލުން ކަނޑައަޅާ އުސޫލްތަކާއި އެއްގޮތަށް ރަށުގައި އުފެދޭ ކުނި އަދި ގޭގެއިން ނަގާކުނި އުކާލުމުގެ ޚިދުމަތްދިނުމާއި ރާވައި ހިންގައި މޮނިޓަރކުރުން.
  5. ކުނި މެނޭޖްކުރުމަށް ހެދިފައިވާ އުސޫލުތަކަށް އާންމު ރައްޔިތުންނާއި ވިޔަފާރި އަދި ސަރުކާރުގެ އިދާރާތަކުން އަމަލުކުރަމުން ދޭތޯ ބަލާ މޮނިޓަރކޮށް ރަނގަޅު ކުރުމަށް މަސައްކަތްތައް ކުރުން.
  6. ކުނިމެނޭޖްކުރުމާއިބެހޭ ގޮތުން ކައުންސިލުން ކަނޑައަޅާ ޤަވާއިދުތަކާއި އުސޫލްތަކަށް އެންމެހައި ފަރާތްތައް އަހުލުވެރިކުރުވާ ހޭލުންތެރިކަން އިތުރުކުރުން.
  7. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް، ރަށުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކައުންސިލްއިން ކަނޑައަޅާ ޤަވައިދުތަކާއި އުސޫލުތައް ތަންފީޒު ކުރުމުގެ އެންމެހާ މަސައްކަތް ކުރުން.
  8. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް އަދި އެ ތަނުގެ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބަލާ މޮނިޓަރ ކުރުމާއި ކައުންސިލަށް ރިޕޯޓްކުރުން.
  9. ނައްތާލައި ކުނީގެ މިންވަރު ބަލައި ދުވަހުން ދުވަހަށް ނޯޓްކޮށް ކައުންސިލްއިން އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން އަދި ކުނި ރަށުން ބޭރުކުރަން ޖެހޭ ހާލަތުގައި ބަނދަރަށް ކުނިތައް ގެންދިޔުމުގައާއި ދޯނި ނުވަތަ ބޯޓަށް ކުނި އެރުވުމުގައި މަސައްކަތް ކުރުން.
  10. އިޖްތިމާޢީ ސަރަހައްދުތަކުން އުފެދޭކުނި ނައްތާލުމާއި އަދި އެތަންތާގައި ބެހެއްޓިފައިވާ ޑަސްބިންތައް ފުރުނަނުދީ ބަލަހައްޓާ ގަވާއިދުން ސާފްކޮށް ބަލަހައްޓަމުން ގެންދިއުން.
  11. އާންމުކޮށް ސާފުކުރެވޭ ތަންތަނާއި އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރޭތޯ ގަވައިދުން ބަލައި މޮނިޓަރ ކުރުން.
  12. ރަށުގައި ބޭއްވޭ ހާއްސަ ހަފުލާތަކާއި އިވެންޓްތަކުން އުފެދޭ ކުނި މެނޭޖުކުރުމާއި ނައްތާލުން.
  13. ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކުރުމާއި ގަވާއިދު ސާވިސްކުރުމާއި ދޮވެ ސާފުކޮށް ބެލެހެއްޓުން.
  14. ކުނި މެނޭޖްކުރުމަށް ބޭނުންކުރާ މެޝިނަރީސް ތައް އަދި ވެހިކަލްތަކަށް ބޭނުންވާ ސްޕެއަރ ތަކާއި ކޮންޒިއުމަބަލްސް ގަވައިދުން ހޯދައި ބެލެހެއްޓުން.
  15. ކުނި މެނޭޖްކުރުމުގެ ޙިދުމަތް ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ފާހަގަކޮށް އެ ވަސީލަތްތައް ހޯދުން.
  16. ކުނިމެނޭޖްކުރުމާއި ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ކައުންސިލާއި ހިއްސާކުރުން.
  17. ވަކިމުނާސަބަތަކާއި ގުޅިގެން ވަކިތަނެއް ސާފުކުރުމަށް ކައުންސިލުން އަންގައިފިނަމަ އެ ތަނެއް ސާފުކޮށް ކުނި ނައްތާލުން.
  18. ކައުންސިލް އިދާރާގެ ބޭނުމަށް ވެހިކަލްތަކުގެ ދަތުރު އިންތިޒާމްތައް ހަމަޖެއްސުން.
  19. ކައުންސިލުން ސާފްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި ޤަވާއިދާއި ޤާނޫނާއި ހިލާފް ކަމެއް ހިގަމުންދާނަމަ ލަސްނުކޮށް ކައުންސިލަށް އެކަން އެންގުން.
  20. ރަށުގެ ތަރައްޤީއަށް އަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި، މަސައްކަތަށް ހިއްވަރުދީ އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން.

ލިޔަން ކިޔަން އެގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށްބަލައިގެންނެވެ.

ނުވަތަ

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ

ނުވަތަ،

  • ގްރޭޑް 5 ނުވަތަ އައަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

2. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ:

ތަފާތު ބާވަތްތަކުގެ "ލޭބަރ އިންޓެންސިވް" މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 


 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ) މުއްދަތުހަމަވެފައިވީ ނަމަވެސް)  ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އަ.އި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓޤރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި،މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)، ވަކިވަކީން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން    https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް  ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިއވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކީން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޯށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ވުނަތަ ބައިނަލްއަޤްވާނީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފަގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮސްފައިވީ ނަމަވެސް) ވަކިންވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް"

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން ދެވޭ ޕޮއިންޓް – %50
  2. ޝަރުތު ހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ - %5
  3. ޝަރުތު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ - %5
  4. އިންޓަރވިއު - %40

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 60 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 16 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 16 ޖުލައި 2026 އާއި 21 ޖުލައި 2026 އާއި ދެމެދު، ގއ ކޮލަމާފުށީ ކައުންސިލްގެ އިދާރާގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާ ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

 

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820017 އަށެވެ. އީމެއިލް ކުރާނީ   [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recuitment-usoolu) އިން ލިބެން ހުންނާނެއެވެ.

09 ޖުލައި 2026
ހޯދާ