ދިވެހިރާއްޖެ
އިޢުލާން
ދިޔަމިގިލީގައި ދުއްވާ އެހެން ޒޯންތަކަށް ނިސްބަތްވާ އެއްގަމު އުޅަނދުފަހަރު މި ރަށުގެ ޒޯނަށް ރަޖިސްޓްރީ ކުރުމަށް މުއްދަތު ކަނޑައެޅުން
ދިޔަމިގިލީގައި ދުއްވާ އެހެން ޒޯންތަކަށް ނިސްބަތްވާ އެއްގަމު އުޅަނދުތައް، މި ރަށުގެ ޒޯނަށް ރަޖިސްޓްރީ ކުރުމަށްޓަކައި ކައުންސިލުން ވަނީ މުއްދަތެއް ކަނޑައަޅާފައެވެ. މިގޮތުން، އެ އުޅަނދެއްގެ ވެރިފަރާތުން އަމިއްލައަށް އުޅަނދުތައް މި ޒޯނަށް ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ 1 ޖުލައި 2026 އިން ފެށިގެން 30 ސެޕްޓެމްބަރ 2026 ގެ ނިޔަލަށެވެ.
ވީމާ، މި ރަށުގައި ބޭނުންކުރާ އެހެން ޒޯންތަކުގެ އުޅަނދުތައް، ކަނޑައެޅިފައިވާ މި މުއްދަތުގެ ތެރޭގައި މި ރަށުގެ ޒޯނަށް ބަދަލުކުރުމުގެ މަސައްކަތް ނިންމުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
މީގެ އިތުރުން، އެކި މަސައްކަތްތަކާ ގުޅިގެން ވަގުތީ ގޮތުން މި ރަށަށް ގެނެވޭ އެހެން ޒޯންތަކުގެ ސައިކަލު، ބަގީ ފަދަ ލުއި އުޅަނދުފަހަރު މި މުއްދަތުގެ ފަހުން މިރަށުގައި ދުއްވޭނީ، ކައުންސިލުން ދޫކުރާ 100 (ސަތޭކަ) ރުފިޔާގެ އިސްޓިކާއެއް ނަގައިގެންނެވެ. އަދި ވަގުތީ ގޮތުން މި ރަށަށް ގެނެވޭ އެހެން ޒޯންތަކުގެ ލޮރީ، ޕިކަޕް، ކާރު ފަދަ ބަރި އުޅަނދު ފަހަރު މި މުއްދަތުގެ ފަހުން މިރަށުގައި ދުއްވޭނީ، ކައުންސިލުން ދޫކުރާ 150 (ސަތޭކަ ފަންސާސް) ރުފިޔާގެ އިސްޓިކާއެއް ނަގައިގެންނެވެ. މި އިސްޓިކާއަކީ 30 ދުވަހުގެ މުއްދަތަށް ކައުންސިލުން ދޫކުރާ އިސްޓިކާއެކެވެ.
30 ސެޕްޓެމްބަރ 2026 ގެ ފަހުން، މި ރަށުގެ ޒޯނަށް ރަޖިސްޓްރީ ނުކޮށް ނުވަތަ ކައުންސިލުން ދޫކުރާ އިސްޓިކާ ނުޖަހާ ދުއްވާ އެއްގަމު އުޅަނދުފަހަރާ މެދު، ކައުންސިލުން ފިޔަވަޅު އަޅާނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
