ދިވެހިރާއްޖެ
މިއޮފީހުގެ ނަންބަރ (IUL)14-A4/1/2026/56 އިޢުލާނާ ގުޅިގެން 07 ޖުލައި 2026 ވަނަ ދުވަހު ބޭއްވި ނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ، އަލުން ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި ކަސްޓަމްސް ހެޑްއޮފީހުގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.
ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
