މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިސްކޫލުގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލީމެވެ. މިގޮތުން މި ފުރުސަތު ދެވޭނީ ގިނަވެގެން 3 ފަރާތަކަށެވެ.
- ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ބިޑްރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށްގެންނެވެ. ބިޑްރެޖިސްޓްރޭޝަން ފޯމް މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، ބިޑްރެޖިސްޓްރޭޝަން ފޯމް ފޯމު އެޓޭޗުކުރެވިފައި އެވަނީއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 21 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.
ފޯން: 6561802
އީމެއިލް: [email protected]
09 ޖުލައި 2026
ހޯދާ
