|
- ކުންފުނި ހިންގުމަށާއި، ގަވަރނަންސް، އަދި ގަވާއިދުތަކަށް އަމަލުކުރުމާ ގުޅޭގޮތުން ސީ.އީ.އޯއަށް ގާނޫނީ ލަފާދިނުމާއި، ގާނޫނީ ކަންކަމުގައި ކުންފުނި ތަމްސީލުކުރުން.
- އެއްބަސްވުންތަކާއި، އެމް.އޯ.ޔޫ، އެމް.އޯ.އޭ، ޕްރޮކިއުމަންޓާ ގުޅޭ ލިޔެކިޔުންތަކާއި، އެހެނިހެން ގާނޫނީ ލިޔެކިޔުންތައް ޑްރާފްޓްކޮށް، މުރާޖައާކުރުން އަދި ގާނޫނީ ގޮތުން ޗެކްކުރުން.
- ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުންފުނީގެ ސިޔާސަތުތަކާއި، އުސޫލުތައް އަދި ގަވާއިދުތައް އެކުލަވާލުމާއި އަޕްޑޭޓްކުރުން.
- ޑިޕާޓްމަންޓަތަކުގެ ކަންކަން ކުރިއަށްދަނީ ގާނޫނީ އިމުގެ ތެރެއިންކަން ކަށަވަރުކުރުމާއި، އެއްބަސްވުންތަކާއި ލިޔެކިޔުންތައް ދިރާސާކޮށް މުރާޖައާކުރުން.
- ދިވެހި އަދި އިނގިރޭސި ބަހުން ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ތަރުޖަމާކުރުން، އަދި މި ލިޔުންތަކުގެ ސައްހަކަމާއި އެއްގޮތްކަން ހިފެހެއްޓުން.
- ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، ޝަރުޢީ މަރުޙަލާތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމަށް ދަންނަވަމެވެ
- ޕްރޮކިއުމަންޓުގެ ކަންކަން ކުރިއަށްދަނީ ގާނޫނީ އިމުގެ ތެރެއިންކަން ކަށަވަރުކުރުމާއި، އެކަމާ ގުޅޭ އެއްބަސްވުންތަކާއި ޓެންޑަރ ލިޔެކިޔުންތައް ދިރާސާކޮށް މުރާޖައާކުރުން.
- ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުނިތަކަށް ޤާނުނީ އެހީތެރިކަން ދިނުން.
- ލީގަލް ޑިޕާޓްމަންޓް ހިންގައި ބެލެހެއްޓުން.
- ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި، ބޭރުގެ ފަރާތްތަކާއެކު ކުރެވޭ އެކި ބާވަތުގެ ކޮންޓްރެކްޓްތަކާއި ޤާނޫނީ ލިޔެކިޔުންތައް އެކުލަވައިލުމާއި، މުރާޖަޢާކުރުން.
|