ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހުޅުމާލެ ފިހާރައިގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެ

އިޢުލާން

އެސްޓީއޯ ހުޅުމާލެ ފިހާރައިގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައިހުރި ބައު ސާމާނު ނީލަން ކިޔުމަށް ކުރެވުނު މި ކުންފުނީގެ ނަންބަރު 60-އޭޑީއެމް/21/2016 އިޢުލާނަށް ހުށަހަޅުއްވާފައިވާ އަގުތަކުގެ ތެރެއިން، އެސްޓީއޯ ހުޅުމާލެ ފިހާރައިން ނެގިފައިވާ ބައު ސާމާނަށް ހުށަހަޅުއްވާފައިވާ އަގުތައް އެކަށީގެންވާ ވަރަށް ވުރެ ކުޑަކަމަށް ފެންނާތީ، އެ އަގުތައް ބާޠިލުކޮށް، އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ވީމާ، މި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 03 ވާ ބުދަ ދުވަހުގެ 10:00 ގައި އެސްޓީއޯގެ ހުޅުމާލެ ގުދަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި އެސްޓީއޯ ސްޓާފް ކުއަރޓަރސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރައްވާ ބޭފުޅުން، ސްޓާފް ކުއަރޓަރސްއިން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ފޯނު: 3012642، 3012644

 ފެކްސް: 3006617

އީމެއިލް: [email protected]

16 ރަބީޢުލްއާޚިރު 1437

 

26 ޖަނަވަރީ 2016
ހޯދާ