މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮއްދޫގެ އިރުމަތި ފަރާތުގައި އަދި ހުޅަނގު ފަރާތުގައި ޤާއިމް ކޮށްފައިވާ ވާރޭފެން ރައްކާ ކުރާ ތާނގީތައް ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

ފޮއްދޫގެ އިރުމަތި ފަރާތުގައި އަދި ހުޅަނގު ފަރާތުގައި ޤާއިމް ކޮށްފައިވާ ވާރޭފެން ރައްކާ ކުރާ ތާނގީތައް ނެގުމުގެ މަސައްކަތް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފާއިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  މި މަސައްކަތް މަޢުލޫމާތުގައިވާ ގޮތށް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 16 ޖުލައި 2026 ގެ 13:15 ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގެއް ހުށަހެޅުއްވުން އެދެމެވެ.

         މިކަމަށް އެދި ކުރިމަތި ލެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

          ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

08 ޖުލައި 2026
ހޯދާ