ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމް ފުޓްސަލް އެޓޯލްސް ޗެންޕިއަންޝިޕް 27/2026 ގައި ބައިވެރިވާ ކުމުންދޫ ޓީމް މެނޭޖްކޮށްދޭނެ ކުލަބު/ޖަމްޢިއްޔާ އެއް ހޯދުން (ދެވަނަ އިއުލާން)

އެފް.އޭ.އެމް ފުޓްސަލް އެޓޯލްސް ޗެންޕިއަންޝިޕް 27/2026 ގައި ބައިވެރިވާ ކުމުންދޫ ޓީމް މެނޭޖްކޮށްދޭނެ ކުލަބު/ޖަމްޢިއްޔާ އެއް ހޯދުން (ދެވަނަ އިއުލާން)

އެފް.އޭ.އެމް ފުޓްސަލް އެޓޯލްސް ޗެންޕިއަންޝިޕް 27/2026 ގައި ބައިވެރިވެފައިވާ ކުމުންދޫ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުންނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެފަރާތެއް ހޯދުމަށް  މިކައުންސިލުން ކޮށްފައި ނަންބަރު: (IUL)267-ESMS/267/2026/35 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ އަގުތައް ބޮޑުވާތީވެ، 75000.00 (ހަތްދިހަ ފަސްހާސް ރުފިޔާ) އަށް ވުރެން ކުޑަ އަގެއްގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ.

                   ވީމާ، ކުމުންދޫ ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝައުޤުވެރިވެލައްވާ، ކުލަބު/ޖަމްޢިއްޔާތަކުން، (ހދ.ކުމުންދޫ އަށް ރަޖިސްޓްރީކޮށްފައިވާ) މި ޢިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ޕްރޮޕޯސަލް ތައްޔާރު ކުރުމަށްފަހު ތިރީގައިވާ ތާރީޚާއި ވަގުތައް ހުށަހެޅުމަށް ދަންނަވަމެވެ.

ތަން

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ

ތާރީޙް

12 ޖުލައި 2026

ވަގުތު

13:30

                    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 ޖުލައި 2026
ހޯދާ