ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް މުދައްރިސުން ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ކޯސްތަކުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ކިޔަވައި ދެއްވާނެ ރިސޯސް މުދައްރިސުން ބޭނުންވެއެވެ.

  • އިސްލާމީ އަދަބު    
  • އިސްލާމީ ޘަޤާފާ  
  • ކިޔަވައިދިނުމުގެ                       
  • ހެދިބޮޑުވުމުގެ ނަފްސާނީ ޢިލްމު       
  • އުޞޫލުއްތަރުބިއްޔާ               
  • ކޮމްޕިއުޓިންގް            

މުސާރަ: އެމް. ކިޔު. އޭ ލެވެލް 4،5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓުގެ ޕީރިއަޑަކަށް   -/200 ރުފިޔާ

އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ  50 މިނިޓުގެ ޕީރިއަޑަކަށް    -/250 ރުފިޔާ

ޝަރުޠު: މާއްދާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން.

މުއްދަތު:

ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓް ކުރެވޭނީ 6 މަސް ދުވަހުގެ މުއްދަތަށެވެ.

6 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ފެބުރުވަރީ 1 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ޝަރުޠު ހަމަވާ ފަރާތްތަކަށް މަސައްކަތަށް އެކަށީގެންވޭތޯ ބެލުމަށްޓަކައި ޢަމަލީ އިންޓަވިއުއެއް ބޭއްވޭނެއެވެ.

މަޤާމުތަކަށް މީހުން ހަމަނުވާނަމަ، މުއްދަތު ހަމަވިޔަސް ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މުސާރައަށް މިއައި ބަދަލާ ގުޅިގެން އިޢުލާން ނަންބަރު: IUL)160-A/1/2016/03)، (IUL)160-A/1/2016/02 , (IUL)160-A/1/2016/04 , (IUL)160-A/1/2016/15 , (IUL)160-A/1/2016/19 އާ ގުޅިގެން ކުރިމަތިލައްވާފައިވާ ބޭފުޅުންނަށްވެސް މުސާރަ ދެވޭނީ މަތީގައިވާ ގޮތުގެ މަތިންނެވެ.                                       

16 ރަބީޢުލްއާޚިރު 1437

 

27 ޖަނަވަރީ 2016
ހޯދާ