ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
ދިވެހިރާއްޖެ
ސީނިއަރ ޖުވެނައިލް ޖަސްޓިސް އޮފިސަރ ރޭންކް.7 - ސްޓެޕް.1(ވަގުތީ)J-384250

ނަންބަރު: (IUL)212-H/212/2026/19

އިޢުލާނު

 

މަޤާމު:

ސީނިއަރ ޖުވެނައިލް ޖަސްޓިސް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަންބަރު:

J-384250

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 06 އޭޕްރީލް 2027 ގެ ނިޔަލަށް)

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް-7، ސްޓެޕް-1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް/  އެސެސްމަންޓް އެންޑް ކޭސް މެނޭޖްމަންޓް ޔުނިޓް

މުސާރަ:

މަހަކު 12,261.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު 5,721.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ދުވާލަކަށް މުސާރައިގެ  155/- ރުފިޔާ 

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދު ކުދިންގެ މައްސަލަތަކުގެ ރިފަރަލްތަކުގައި ޕްރޮސީޖާރ މެނުއަލް އާއި އެއްގޮތަށް ކުދިންނާއިއެކު ވޭދަނައިގެ މަސައްކަތްކުރުން.
  2. ޤާނޫނާ ޚިލާފްވާ ކުދިންނާއި ގުޅޭގޮތުން ޖުވެނައިލް ކޯޓު، ޑްރަގް ކޯޓު، ހައި ކޯޓު އަދި ސުޕްރީމް ކޯޓުން ކުރިއަށްގެންދާ އަޑުއެހުން ތަކުގައި ބައިވެރިވެ މިމަރުހަލާތަކުގައި ކުދިންނަށް ލިބިދޭންޖެހޭ ހައްޤުތައް ކަށަވަރުކުރުމާއި، ވޭދަނަ ސިންތާތަކުގައި ބައިވެރިވުމާއި ކޯޓްތަކަށް ބޭނުންވާ އެސެސްމަންޓްތައް އެކުލަވާލުން.
  3. އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި، އެކުއްޖެއްގެ ރަށަށް ދާންޖެހިއްޖެ ހާލަތެއްގައި ދިއުމާއި އަދި ކުއްޖާއާއި އާއިލާގެ ހާލަތު ދެނެގަނެ ޕްރޮސީޖަރ މެނުއަލްއާއި އެއްގޮތްވާގޮތުގެ މަތިން ވޭދަނައިގެ މަސައްކަތްކުރުން.
  4. ޤާނޫނާއި ޚިލާފުވާ އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދު ކުދިންގެ މައްސަލަތަކުގައި ކުދިން ޝަރުޢީ ނިޒާމުން ބޭރުން ހިންގާ ބަދަލު ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައި މިކުދިންނަށް ޕްރޮގްރާމް ނިންމުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ މޮނިޓަރކޮށް ކަމާބެހޭ މުއައްސަސާތަކާއި ހިއްސާކުރުން.
  5. ޤާނޫނާއި ޚިލާފުވާ އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދު ކުދިންގެ މައްސަލަތަކުގައި ކުދިން ޝަރުޢީ ނިޒާމުގެ ތެރެއިން އަދި ޑައިވަރޝަން (ދިވެހި ފުލުހުންގެ ޚިދުމަތް / ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އަށް ހުށަހެޅޭ ކުދިންގެ ކޭސްތައް  ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން "ޑަރިވަރޝަން އެންޑް ރިއިންޓަގްރޭޝަން ޔުނިޓް" އަށް ހަވާލުކުރުން، އަދި މި ކޭސްތަކުގައި ޔުނިޓުން މަސައްކަތްކުރަން ޖެހިއްޖެ ހާލަތުގައި ވޭދަނައިގެ މަސައްކަތްކުރުން.
  6. ޑިއުޓީ ތާވަލާއި އެއްގޮތަށް ޑިއުޓީގައި މަސައްކަތްކުރުން، އަންނަ ފޯން ކޯލްތަކަށް އެޓެންޑްވުމާއި އެއްވެސް މުއައްސަސާއަކަށް ހާޒިރުވާންޖެހިއްޖެނަމަ ހާޒިރުވުމާއި ހާއްސަ ހާލަތެއް މެދެވެރިވެގެން ހާޒިރުވެވެން ނެތްނަމަ ސުޕަވައިޒަރުގެ މަޝްވަރާގެ މަތިން ހާޒިރުވެވޭވެނެ ފަރާތެއް ހަމަޖެއްސުން.
  7. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދު ކުދިންގެ ތެރެއިން އެލޮކޭޓް ކުރެވޭ ހުރިހާ ރިފަރަލްތަކުގައި ވޭދަނައިގެ މަސައްކަތްކުރުމަށްފަހު ކްލައިންޓުންގެ މައުލޫމާތު ކޭސް ޓްރެކިންގްއަށް އަޕްޑޭޓް ކުރުން، އަދި ކޯޓަށް ހާޒިރުވުމަށްފަހު ކޯޓް އަމުރު އަޕްޑޭޓްކުރުން، ވޭދަނައިގެ މަސައްކަތްކުރުމަށްފަހު ކޭސްވޯރކް ސްޓެޓިސްޓިކްސް އަޕްޑޭޓް ކުރުން
  8. ޤާނޫނާ ޚިލާފްވާ ކުދިންނާއި ގުޅޭގޮތުން ޖުވެނައިލް ކޯޓު، ޑްރަގް ކޯޓު، ހައި ކޯޓު އަދި ސުޕްރީމް ކޯޓުން ކުރިއަށްގެންދާ އަޑުއެހުން ތަކުގައި ބައިވެރިވެ މިމަރުހަލާތަކުގައި ކުދިންނަށް ލިބިދޭންޖެހޭ ހައްޤުތައް ކަށަވަރުކުރުމާއި، ވޭދަނަ ސިންތާތަކުގައި ބައިވެރިވުމާއި ކޯޓްތަކަށް ބޭނުންވާ އެސެސްމަންޓްތައް އެކުލަވާލުން.
  9. ސްޕަރވިޝަން ސެޝަންތަކުގައި ބައިވެރިވުން އަދި ކޭސްތަކާއި ގުޅޭ މުހިއްމު ނިންމުންތައް ނިންމުމުގައި ސްޕަވައިޒަރާއި މަޝްވަރާ ކުރުމަށްފަހު ގޮތެއްނިންމުން. އަދި އެމައުލޫމާތު ފައިލްގައި ލިޔުން.
  10. ޑިޕާޓްމަންޓަށް ހުށަހެޅޭ ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދު ކުދިން ކުށް ކުރުމުން ދުރުހެލިކުރުމަށް ދައުލަތުގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކާއި އަދި އެހެނިހެން އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން ހިންގާ ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިކުރުން.
  11. ކުށްކުރުން މަދުކުރުމުގެ ގޮތުން މި ޑިޕާޓްމަންޓުންނާއި އެހެނިހެން މުއައްސަސާތަކުން ހިންގާ ޕްރޮގްރާމް ތަކުގައި ބައިވެރިވެ ސެޝަން ނަގައި ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  12. ޑިޕާޓްމަންޓަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުމާއި، ސިވިލް ސަރވިސް ގަވާޢިދުގެ ތެރެއިން އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތަކާއި ޒިންމާ ތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗިލާރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް  
  2. އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން  
  3. ބިހޭވިއަރަލް ހެލްތް ސައިންސް  
  4. ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ  
  5. ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް  
  6. ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް  
  7. ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން  
  8. ޗައިލްޑް އެންޑް ކޮމިއުނިޓީ  
  9. ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް  
  10. ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖުވެނައިލް ޖަސްޓިސް  
  11. ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ  
  12. ޗައިލްޑް ވެލްފެއަރ ވަރކް  
  13. ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް  
  14. ކަރެކްޝަންސް އެންޑް ޖުވެނައިލް ޖަސްޓިސް ސްޓަޑީޒް  
  15. ކައުންސެލިންގ  
  16. އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް  
  17. ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް  
  18. ފެމިލީ ސްޓަޑީޒް  
  19. ފެމިލީ ތެރަޕީ  
  20. ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް  
  21. ޖުވެނައިލް ޖަސްޓިސް  
  22. މެރިއޭޖް އެންޑް ފެމިލީ  
  23. މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް  
  24. މެރޭޖް އެންޑް ފެމިލީ ތެރެޕީ  
  25. ސައިކޮލޮޖީ  
  26. ސޯޝަލް ސަރވިސަސް  
  27. ސޯޝަލް ވޯރކް  
  28. ސޯޝިއޮލޮޖީ  
  29. ޔޫތް ވަރކް އެންޑް ކްރިމިނަލް ޖަސްޓިސް  

 

 ޕްރިފަރޑް ޑިސިޕްލިންތައް:

        ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

       ނެތް

 

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/Policy/Index/51

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖުލައި 2026 ވަނަ ދުވަހުގެ  13:00ގެ ކުރިން،ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، ހ.ސަކީނާމަންޒިލް (4 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓްގައި ފޮނުވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 21 ޖޫން 2026 އާއި 06 އޮގަސްޓު 2026 ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް (ހ.ސަކީނާމަންޒިލް، 4 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031498 ނުވަތަ 3031488 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ރެކްރޫޓްމަންޓް އުޞޫލު"  (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

08 ޖުލައި 2026
ހޯދާ