ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސޭލްސް އެގްޒެކެޓިވް

މަޤާމް

ސޭލްސް އެގްޒެކެޓިވް

މަޤާމުގެ ރޭންކް

L8 – E1 (T)

ބޭނުންވާ އަދަދު

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ސޭލްސް އެންޑް ކޯޕަރޭޓް ސަރވިސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

 -/7،200 ރުފިޔާ

ސަރވިސް އެލަވަންސް

-/3،500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
  • (ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). 
  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ހުރުން؛ ނުވަތަ
  • ސާނަވީ އިމްތިހާނުން ދަށްވެގެން 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއިއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތްކޮއް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޗެނަލްތަކުގެ އިޝްތިހާރު ޝެޑިއުލް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް؛
  • ޗެނަލްތަކުންލިބޭ ކްލައިންޓުންގެ އިޝްތިހާރުތަކަށް ކޯޑްދީ ކޮންޓެންޓް ކޮމިޓީން ފާސްކުރުމަށް ފޮނުވުން؛
  • އެޑްވަޓައިސްމެންޓް ކޯޑް އެންޓްރީ ޝީޓް ޤަވާއިދުން ބެލެހެއްޓުން؛
  • ޗެނަލްތަކުގެ ދުވަހުގެ އިޝްތިހާރު ޝެޑިއުލް ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކަށް ޤަވާއިދުން ފޮނުވުން؛
  • ޗެނަލްތަކުގެ ދުވަހުގެ އިޝްތިހާރު ޝެޑިއުލްތައް އަޕްޑޭޓްކޮށް ޤަވާއިދުން ބެލެހެއްޓުން؛
  • މުއްދަތު ހަމަވަމުންދާ އިޝްތިހާރުތަކަށް ކްލައިންޓަށް ރިމައިންޑަރދީ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރުން؛
  • ވަކިމުއްދަތަކަށް ހަމަވާ އިޝްތިހާރު ޝެޑިއުލްކުރާނަމަ އެ އިޝްތިހާރެއްގެ މުއްދަތު ހަމަވުމުގެ ކުރިން ކްލައިންޓަށް ގުޅާ އިޝްތިހާރު ބަދަލުކުރުމުގެ މަސައްކަތް ކުރުން؛
  • އިޝްތިހާރަށް ފައިސާ ދައްކަން އަންނަ ކްލައިންޓަށް އެޓެންޑްވެ ފުރިމަ ކުރަންޖެހޭ ޑޮކިއުމެންޓްތައް ފުރިހަމަކޮށް ފައިސާ ދެއްކުމަށް އެހީތެރިވުން؛
  • ނިމިފަ ހުންނަ ޗެނަލްތަކުގެ އިޝްތިހާރު ޝެޑިއުލްތަކުގެ ހާރޑްކޮޕީތައް ޤަވާއިދުން ފައިލްކުރުން
  • މަންތްލީ އޮންއެއަރ ރިޕޯޓް ތައްޔާރު ކުރުން؛
  • ޚިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން؛
  • ސޭލްސް އެންޑް ކޯރޕަރޭޓް ސަރވިސް ގެ ބޭނުމަށްޓަކައި އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވައި ހިންގުމުގައި އެހީތެރިވުން؛
  • ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅުންހުރި އެންމެހާ ލިޔެކިއުންތަކުގެ ޑިޖިޓަލްކޮޕީ ބެލެހެއްޓުމާއި، ފައިލްކުރަންޖެހޭ ލިޔެކިއުންތައް ސްޕަވައިޒަރުގެ ލަފާގެމަތިން ފައިލްކޮށް، ރައްކަތެރިކަމާއެކު ބެލެހެއްޓުން؛
  • ޑިޕާރޓްމަންޓުގެ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ނިންމުން؛
  • ސޭލްސް އެންޑް ކޯރޕަރޭޓް ސަރވިސް އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން؛
  • ޑިޕާރޓްމަންޓްގެ މުވައްޒަފަކު ސަލާމް ބުނާ، ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އެ މުވައްޒެއްގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ސުޕަވައިޒަރު ހަވާލުކުރާ މަސައްކަތްތައް ކުރުން؛
  • ހަވާލުކުރެވޭ މަސައްކަތްތަކުގެ އަޕްޑޭޓް ޤަވާއިދުން ސްޕަވައިޒަރާއި ޙިއްސާކުރަމުން ގެންދިއުން؛
  • ކުންފުނިން ގެނެސްދޭ ޕްރޮގްރާމް ތަކަށް ރެވެނިއު ޕްލޭންހަދާ، ކްލައިންޓުންނަށް ދޭންޖެހޭ ޕްރެޒެންޓޭޝަން ތައްޔާރުކޮށް، ކްލައިންޓުންނާއި މީޓިންތައް ބާއްވާ ސްޕޮންސާރޝިޕް ހޯދުމުގެ އެންމެހާ މަސައްކަތްތައް ކުރުން؛
  •  ރެވެނިއު ފޯކާސްޓް ހެދުން؛
  • ވީކްލީ ޕްރްޒެންޓޭޝަން ތައްޔާރުކުރުން؛
  • އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވާ ހިންގުން އަދި ޕްރޮޑަކްޓްތައް އެންމެ ރަގަޅަށް އާއްމުންނާއި ހިސާބަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުން؛
  • ބްރޭންޑް އަދި ޕްރޮގްރާމްތަކުގެ ތަފާސް ހިސާބު (ސްޓެޓިސްޓިކަލް އިންފޮމޭޝަން) އަދި ފައިނޭންޝިއަލް މަޢުލޫމާތު ހޯދާ ބެލުން؛
  • ވަޒީފާއާއި ގުޅިގެން  ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް؛
  • ޑިޕާޓްމަންޓުން ޙަވާލުކޮށްފައިވާ މަސައްކަތުގެ އިތުރުން އޮފީހުން އަންގާ މުހިންމު މަސައްކަތްތަކުގައި ބައިވެރިވުން؛
  • މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

-  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

-   ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މަޤާމަށް އެދިލައްވާ ފަރާތްތަކުން 15 ޖުލައި 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207 އާއި 3000368 ނަންބަރަށް ގުޅުއްވުން އެދެމެވެ.

08 ޖުލައި 2026
ހޯދާ