މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
01 އަހަރު ދުވަހުގެ މުއްދަތައް ސހިތަދޫ ކެމްޕަހުގެ ސެކިއުރިޓީ ބެލެހެއްޓުން

  1. ސ.ހިތަދޫ ކެމްޕަހުގެ  ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮއްދޭނެ ހޯދުމަށް ކުރި އިއުލާން ނަންބަރ (IUL)213-PRC/1/2026/8ގައި މައުލޫމާތު ކަރުދާހުގެ ބަދަލްތަކެއް އައުމާއި ގުޅިގެން،  ސ.ހިތަދޫ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަން ފޮތް މިއިޢުލާން އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 ޖުލައި 08 ން 2026 ޖުލައި 14 ގެ ނިޔަލަށް ތިރީގައިވާ މެއިލްއަށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފޮނުއްވުން އެދެމެވެ.
  • އީ-މެއިލް: [email protected]
  • ކޮޕީ-މެއިލް: [email protected]
  • ކުންފުނީގެނަން، ރަޖިސްޓްރީ ނަންބަރ ، ގުޅޭނެ ނަންބަރ، މެއިލް އައިޑީ
  • މެއިލްގެ ސުރުޚީގައި އިއުލާންގެ ނަންބަރ ހިމަނަން ވާނެއެވެ.  
  • ރަޖިސްޓްރީ ކުރެއްވުމަށް ހުށައަޅުއްވާ ފަރާތައްތަކަށް ރަޖިސްޓްރީ ނަންބަރެއް ފޮނުވާނެ ވާހަކަ ދަންނަވަމެވެ.
  1. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖުލައި 12 ވަނަ ދުވަހުގެ ކުރިން 3ވަނަ ނަންބަރގައި ވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 19 ވަނަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކް މީޓިންގ ރޫމްގައި
  3. މިޕްރޮކިއުމަންޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000/-ރ. (ފަންސަވީސް ހާސް ދިވެހިރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  4. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ..
  5. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

08 ޖުލައި 2026
ހޯދާ