ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލު އިދާރާގެ ބޭނުމަށް 2 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
ވީމާ، މި ސައިޒުގެ ޕަވަރގޭޓް ޕިކަޕެއް ގަނެ ހއ.ވަށަފަރާ ހަމައަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ “މަޢުލޫމާތު ކަރުދާސް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނީ މިކަމަށް ޚާއްޞަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް މެދުވެރިކޮށެވެ. ފޯމު ފުރިހަމަކޮށް ރެޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މި ކައުންސިލްގެ މެއިލް [email protected] އަށް މެއިލްކުރުމުން ރެޖިސްޓްރީ ކުރެވުނީ އެވެ. ރެޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން
މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
ބިޑު ސެކިއުރިޓީ
މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 1,000.00ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅުއްވަންވާނެ އެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެއްވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2026 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގް ރޫމުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
ފޯން : ރަސްމީ ގަޑީގައި ނަމަ 6500039 އަށް ނުވަތަ 9157188 އަށް.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
