މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި އިއުލާން ކުރުމާއި ގުޅޭ

                                                                                   ނަމްބަރ: (IUL)337-PP/337/2026/41

 އިޢުލާން

 

މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތް  ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި އިއުލާން ކުރުމާއި ގުޅޭ

މި އިދާރާގެ ނަންބަރު (IUL)337-PP/337/2026/38 29 ޖޫން 2026 ގައި ކުރެވިފައިވާ އިޢުލާނުގައި އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން، އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

 މިކައުންސިލްގެ ސްޕޯޓްސް ކަލަންޑަރުގައިވާ ގޮތަށް މުބާރާތްތައް ކުރިއަށް ގެންދިއުމަށާއި،މި ކަލަންޑަރުގައި ހިމެނޭ  މާފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "މަހާރަނި ފުޓްސަލް މުބާރާތް 2026" ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ރަށުގެ ކްލަބްތަކާއި،ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ވިޔަފާރިތައް 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:

އަގު:

ތަޖުރިބާ

80%

20%

 

ޕްރޮޕޯސަލް ހުށަހެޅުން:

14 ޖުލައި  2026 ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073/ 7201050  ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 މުޙައްރަމް 1448

07 ޖުލައި 2026

 

07 ޖުލައި 2026
ހޯދާ