ދިވެހިރާއްޖެ
ނަމްބަރު: (IUL)337-PP/337/2026/43
އިޢުލާން
މާފުށީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތްތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި އިޢުލާން ކުރުމާއި ގުޅޭ
މި އިދާރާގެ ނަންބަރު 337/337/2026/36(IUL) 29 ޖޫން 2026 ގައި ކުރެވިފައިވާ އިޢުލާނުގައި އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން، އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
މިކައުންސިލްގެ ސްޕޯޓްސް ކަލަންޑަރުގައިވާ ގޮތަށް މުބާރާތްތައް ކުރިއަށް ގެންދިއުމަށާއި، މި ކަލަންޑަރުގައި ހިމެނޭ ކައުންސިލް "ވޮލީބޯޅަ މުބާރާތް" ކައުންސިލް" ފިއެސްޓާ 2026، އަދި ކައުންސިލް ފުޓްބޯޅަ މުބާރާތް 2026، ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ރަށުގެ ކްލަބްތަކާއި، ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ވިޔަފާރިތައް 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ (ކޮންމެ މުބާރާތެއް ހިންގުމަށްދާނެ ހަރަދުގެ ތަފްސީލް އެނގޭނެހެން ވަކިވަކިންނެވެ.)
ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް
|
އަގު: |
ތަޖުރިބާ |
|
80% |
20% |
|
ޕްރޮޕޯސަލް ހުށަހެޅުން: |
14 ޖުލައި 2026 ވަނަ ދުވަހުގެ 13:30 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި |
ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073/ 7201050 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
22 މުޙައްރަމް 1448
07 ޖުލައި 2026
