ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ކ. ތިލަފުށީގެ މަގުތައް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ތިރީގައި ދަންނަވާ ވެހިކަލްތައް، ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވެހިކަލްގެ ސައިޒު

ވެހިކަލްގެ ނަން

ބޭނުންވާ އަދަދު

15 ޓަނު

ޑަމްޕް ލޮރީ

01

330 ނުވަތަ އެއްވުރެ ބޮޑު

އެސްކަވޭޓަރ

01

936 އެފް

ވީލް ލޯރޑަރ

01

 

ވީމާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ރޯޑް މެއިންޓަނަންސް މަސައްކަތް ކުރާ ދުވަސްތަކަށް ވެހިކަލް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ބުދަ

3 ފެބުރުވަރީ 2016

14:00 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

ހޯމަ

08 ފެބުރުވަރީ 2016

10:30 ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ޕްރޮޕޯސަލްއެކެވެ.
  • ހުށަހަޅައިފައިވާ ޕްރޮޕޯސަލް ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯސަލްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ޕްރޮޕޯސަލް ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

ބީލަން ހުށަހެޅޭނީ ޕްރީބިޑް މީޓިންގގައި ބައިވެރިވާ ފަރާތްތަކަށެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 ރަބީޢުލްއާޚިރު 1437

ފެން ބިލްޑިންގ/ 4ވަނަ ފަންގިފިލާ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3307513،3307515 ފެކްސް: 3307514

28 ޖަނަވަރީ 2016
ހޯދާ