އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ މަގުތަކުގައި ހުރި ރުއްތަކުގެ ވެރިން ހޯދުން

މިރަށު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދަނޑުގެ ބޯޅަގެއާއި ސިޑިބަރިއެއް ހެދުމަށްޓަކައި ދަނޑުގެ އޭރިއާ ބޮޑުކުރުމަށް ބޭނުންވާތީއާއި، ދަނޑުގެ ވަށައިގެން ދަނޑާ ނުހަނު ކައިރީގައި ބޮޑެތި ރުއްގަސް ހުރުމުގެ ސަބަބުން ދަނޑަށް އެކިހަކަލަ ގެއްލުން ލިބެމުންދާނެތީ، ދަނޑުގެ ވަށައިގެންވާ މަގުތަކުގައި، ދަނޑާ ކައިރީގައިހުރި ރުއްތައް ނެގުމަށް ބޭނުންވެއެވެ.

ވީމާ، މިރަށު ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ މަގުތަކުގައިހުރި ރުއްތަކުގެ ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު، އެ ރުއްތަކުގެ ވެރިން ނުވަތަ ރުއްތައް ބަލަހައްޓާ ފަރާތްތަކުން، 2026 ޖުލައި 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދެއްވުން އެދެމެވެ.

 ·  ކައުންސިލަށް ފޯރުކޮށްދިނުމަށް އެދޭ މަޢުލޫމާތު.

-  ރުކުގެ ވެރި ފަރާތުގެ ނަމާއި އެޑްރެސް.

-  ރުކުގެ ވެރިފަރާތުން، ރުކުގައި ޖަހާފައިވާ ރުކުގެ ނަންބަރާއި ގޭގެ ނަންބަރު.

-  ރުކުގެ ވެރިފަރާތުން، ރުކާއިމެދު އެދޭގޮތް (ރުއް ކަޑާލަންތޯ ބޭނުންވަނީ ނުވަތަ ކަނޑައަޅާ އަގުތޯ ބޭނުންވަނީ؟).

07 ޖުލައި 2026
ހޯދާ