ދިވެހިރާއްޖެ
އިޢުލާނު
އަމިއްލަ ފަރާތްތަކުން މަގުމައްޗަށް ވެލިއެޅުން މަނާކުރުމާބެހޭ
އެކިއެކި ފަރާތްތަކުން މަގަށް ވެލިއެޅުމުގައި އެގެއެއް ނުވަތަ ޢިމާރާތަކާއި ކައިރި ފަޅިއަށް އުސްވާގޮތަށް ވެލި އެޅުމުން މަގުގައި ހެދޭ ފެންގަނޑު، މަގުގެ އަޑި ސަރަހައްދަށް ދާގޮތް ދިމާވެއެވެ. މިހެންވުމުން ޖެހިގެން އޮތް ގޯތިން އެއަށްވުރެ އުސްކޮށް މަގަށް ވެލިއަޅާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން މަގުމަތީގައި ހަދާފައިވާ ނަރުދަމާގެ ޖަންކްޝަންތަކަށްވުރެ އުސްކޮށް މަގަށް ވެލިއެޅުމުން ބައެއް ޖަންކްޝަންތައް ފޮރުވިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ވީމާ، އެއްވެސް ފަރާތަކުން ކައުންސިލްގެ ހުއްދަ ނެތި އެއްވެސް މަގަކަށް ވެލިނޭޅުމަށާއި، މަގު މަތީގައި ހަދާފައި ޖަންކްޝަންތަކަށްވުރެ އުސްކޮށް މަގަށް ވެލިއަޅާފައިވާނަމަ 31 ޖުލައި 2026 ގެ ކުރިން ވެލިތައް ކަހައި ނެގުމަށް ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
