ކ.ކާށިދޫ ޞިއްހީ މަރުކަޒުގެ ފިޒިއޯތެރަފީޔުނިޓު ބޮޑުކުރުމަށް އިމާރާތް މަރާމާތުކުރުންކުރަންޖެހޭ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ބީލަން ހުޅުވާލެވިފައިވާ ފަރާތްތައް
|
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2024/19)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
|
|
ބީލަމުގައި ރަޖިސްޓްރީވުން
|
- ބީލަމުގައި ރަޖިސްޓަރ ވުމަށްޓަކައި މިއިޢުލާންގެ ދަށުން ފޯރުކޮށްދީފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މައުލޫމާތު ކަރުދާހުގެ 1.1 ގައިވާ އީމެއިލް އެޑްރެސްއަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީ ވިކަމަށް އީމެއިލް ޒަރިއްޔާއިން ލިބޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ބަލަންވާނީ ރަޖިސްޓްރީވި ކަމަށް ރިޕްލައި އީމެއިލް ލިބުމުންނެވެ. ނުވަތަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުން ރަޖިސްޓްރޭޝަން ފޯރމްގެ އަސްލު/އެފަރާތުން ފޮނުވާފައިވާ އީމެއިލް ދެއްކުމުންނެވެ.
|
|
މަޢުލޫމާތު ދިނުން
|
- މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުން އޮންނާނީ 08 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00ގައި، ކ. ކާށިދޫ ޞިއްހީމަރުކަޒުގެ މީޓިންގ ރޫމްގައެވެ.
|
|
ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން
|
- ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 19 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.
- އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެކަން އެގެން އޮންނަންވާނެއެވެ. މިއާއި ހިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަތުމުގެ އިޙްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
|
|
އިތުރު މާޢުލޫމާތު
|
އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6645377 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
|
07 ޖުލައި 2026