ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ މަސްޖިދުލް މޫސާ ޢަލީ މިސްކިތުގެ މިދަންނަވާ މަސައްކަތްތައް ބިޑު އުސޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ނަންބަރު:258/258/2026/62(IUL)                                

އިޢުލާން

       

ހަނިމާދޫ މަސްޖިދުލް މޫސާ ޢަލީ މިސްކިތުގެ މިދަންނަވާ މަސައްކަތްތައް ބިޑު އުސޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

               ހަނިމާދޫ މަސްޖިދުލް މޫސާ އަލީ މިސްކިތުގެ ވޯކުވޭތައް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހިޔާކޮށް ވޯކުވޭތަކުގައިހުރި ގާތައްނަގާ އަލުންވެލިއަޅާ ގާއެތުރުމުގެ މަސައްކަތް ބިޑު އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

މަޢުލޫމާތު ސާފުކުރުން

16 ޖުލައި 2026

ވާ ބުރާސްފަތި ދުވަހު 10:30 / ހަނިމާދޫ ކައުންސިލް މީޓިންރޫމް

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

21 ޖުލައި 2026

ވާ އަންގާރަ ދުވަހު ހެނދުނު 11:00 / ހަނިމާދޫ ކައުންސިލް މީޓިންރޫމް

 

  1. ބީލަމުގެ މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއްނުދެވޭނެއެވެ.
  2. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
  3. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002064

    އީމެއިލް:  [email protected]

                ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.          

                22 މުޙައްރަމް 1448

                07 ޖުލައި  2026

07 ޖުލައި 2026
ހޯދާ