ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ އެޗް.އެސް.ސީ، ކޯ މެތަމެޓިކްސް އިމްތިހާނުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމަށް ޕޭޕަރ ސެޓަރ ހޯދުން

2026 ވަނަ އަހަރުގެ އެޗް.އެސް.ސީ، ކޯ މެތަމެޓިކްސް އިމްތިހާނުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ޕޭޕަރ ސެޓަރ މަޤާމަށް މީހަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

މަޤާމް:  ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް)

މާއްދާ:   ކޯ މެތަމެޓިކްސް

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

   2026 ޖުލައި 20 އިން 2026 އޮގަސްޓް 15 އަށް

( މެންދުރު 14:30 އިން ރޭގަނޑު 20:00 އަށް)

 

އުޖޫރަ:

6000.00 ރުފިޔާ ( ހަހާސް ރުފިޔާ )

ޝަރުޠު:

 

  1. ޕޭޕަރު ތައްޔާރުކުރާ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗްލާރސް އޮނާސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން
  2. ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު ނުވަތަ އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ އެއަހަރު އިމްތިޙާން ހަދާ ދަރިވަރަކަށް ކިޔަވައިދޭ މީހަކަށް ނުވުން
  3. 3.       ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން
  4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

މަސްޢޫލިއްޔަތު:

  • ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ރިޢާޔަތްކޮށް، އެޗް.އެސް.ސީ، ކޯ މެތަމެޓިކްސް ޕޭޕަރ 1 (01/8300) ސުވާލުކަރުދާސް އެކުލަވާލުން
  •   ސުވާލާއެކު، އެ ސުވާލަށް ދެވިދާނެ ރަގަނޅު ހުރިހާ ޖަވާބެއް ހިމެނޭ ގޮތަށް ޖަވާބުތައް ހިމަނައިގެން މާކިންސްކީމް އެކުލަވާލުން
  • ސުވާލު ކަރުދާސް ފައިނަލް ކޮށް ޕްރޫފް ރީޑް ކުރުމުގައި ބައިވެރި ވުން.   

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

1. ތަޢުލީމީ ފެންވަރު       % 50

2. ކިޔަވައިދިނުމުގެ ތަޖުރިބާ   % 10

3. އިންޓަރވިއު          % 40

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

1- ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި މަސައްކަތުގެ އަމަލީ ތަޖްރިބާ އަދި އިންޓަރވިއުއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ޕޭޕަރު ތައްޔާރުކުރާ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  2. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން
  3. ވަނަވަރު
  4.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/jve2sBfkuTevfeMX9

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

  • ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް 3041347 އަށް ގުޅުއްވުން އެދެމެވެ.

07 ޖުލައި 2026
ހޯދާ