ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްތައް ކުޔަށް ދޫކުރުމާއިގުޅޭ
ދ.މީދޫ އުރީދޫ ކައިރީ ބޭރުގައި ހުޅަނގު ފަރާތުން އިންދާފައިވާ 6 (ހައެއް) ރުއް، އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް 3 (ތިން) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. މި ރުއްތަކަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ ރުކަކަށް -/50 (ފަންސާސް) ރުފިޔާއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ރުއްތަށް ކުއްޔަށް ނަގަން ބޭނުންވާ އަގު އެނގޭނެ ގޮތަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
07 ޖުލައި 2026
ހޯދާ
