ދިވެހިރާއްޖެ
އިޢުލާން
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މޯލްޑިވިއަން ސީޕްލޭން ޓަރމިނަލްގެ އޮފީސް ބްލޮކްގައި އިންޓީރިއަރ އަދި އިލެކްޓްރިކް މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (1/12/2015) IAS/MIS/2015/2749 އިޢުލާނާ ގުޅިގެން ހުށަހެޅިފައިހުރި ޕްރޮޕޯޒަލްތައް ބަލައި ދިރާސާ ކުރެވުނުއިރު، ޕްރޮޕޯޒަލްތަކުގައި ހުށަހަޅާފައިހުރި އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމާ ގުޅިގެން، މި އިޢުލާނު ބާޠިލު ކުރެވިފައިވާވާހަކަ ޢާންމުކޮށް އިޢުލާނު ކުރީމެވެ. ހަވާލާދެވިފައިވާ އިޢުލާން ބާޠިލު ކުރެވިފައިވުމާ ގުޅިގެން އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް އިޢުލާނު ކުރީމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 14 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 12:30 ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް، ރާވެރިގެ، (މަޖީދީމަގު) ގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި މި އޮފީހުގައި އޮންނާނެއެވެ.
އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަދި އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް އަގެއް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
15 ރަބީޢުލްއާޚިރު 1437