އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
170 ގޮނޑީގައި ސީޓު ކަވަރު ހަދައި އަޅުވައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މި ކުންފުނީގެ ޑޮމެސްޓިކް ލައުންޖްގައި ބޭނުންކުރާ 170 ގޮނޑީގައި މި ކުންފުނިން ލެދަރ ދިނުމުން ސީޓު ކަވަރު ހަދައި އަޅުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 15 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 13:30 ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް، މ.ރާވެރިގެ، މަޖީދީމަގު، ގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުން 21 ފެބުރުވަރީ 2016ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އޮފީހުގައި އޮންނާނެ ވާހަކަ ޢާންމުކޮށް އިޢުލާން ކުރީމެވެ.

އަގު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަދި އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް އަގެއް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

15 ރަބީޢުލްއާޚިރު 1473

25 ޖަނަވަރީ 2016
ހޯދާ