ދިވެހިރާއްޖެ
އިޢުލާން
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން
(ހއ. ރ، އއ އަދި ގއ އަތޮޅުގައި)
މި ބިއުރޯގެ ފަރާތުން މިއަހަރުން ފެށިގެން ހިންގުމަށް ހަމަޖެހިފައިވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ އަތޮޅުތެރޭގެ 2 ވަނަ ރައުންޑް އޮގަސްޓް 2026 ގައި ހއ. އަތޮޅު، ރ. އަތޮޅު، އއ. އަތޮޅު އަދި ގއ. އަތޮޅުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރވޭގެ މަޤްސަދަކީ ގޭބިސީގެ އެވަރެޖް އާމްދަނީއާއި ޚަރަދު އަދި އެކިބައިތަކަށް ޚަރަދުކުރާ މިންވަރާއި ބޮލަކަށްޖެހޭ މިންވަރު ދެނެގަނެ ފަޤީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި އަދި މިނޫންވެސް އެހެނިހެން އިޤްތިސާދީ މިންގަނޑުތައް ދެނެގަތުމެވެ.
މިގޮތުން މިސާރވޭގައި ހަރަކާތްތެރިވުމަށް ތިރީގައި ދެންނެވިފައިވާ ގޮތަށް އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މިއަތޮޅުތަކުގައި ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 – 6 އޮގަސްޓް 2026އަށެވެ. އަދި ފީލްޑް މަސައްކަތް ކުރިއަށް ގެންދާނީ 8 – 16 އޮގަސްޓް 2026އަށެެވެ.
|
ހއ.އަތޮޅު |
|
|
ހއ. ބާރަށް |
2 އެނިއުމަރޭޓަރުން |
|
ހއ. ދިއްދޫ |
2 އެނިއުމަރޭޓަރުން |
|
ހއ. ހޯރަފުށި |
2 އެނިއުމަރޭޓަރުން |
|
ހއ. އިހަވަންދޫ |
2 އެނިއުމަރޭޓަރުން |
|
ހއ. ކެލާ |
2 އެނިއުމަރޭޓަރުން |
|
ހއ. މުޅަދޫ |
2 އެނިއުމަރޭޓަރުން |
* ހއ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށީގައި
|
ރ.އަތޮޅު |
|
|
ރ. އަލިފުށި |
2 އެނިއުމަރޭޓަރުން |
|
ރ. ދުވާފަރު |
2 އެނިއުމަރޭޓަރުން |
|
ރ. ހުޅުދުއްފާރު |
2 އެނިއުމަރޭޓަރުން |
|
ރ. އިނގުރައިދޫ |
2 އެނިއުމަރޭޓަރުން |
|
ރ. ކިނޮޅަސް |
2 އެނިއުމަރޭޓަރުން |
|
ރ. މަޑުއްވަރީ |
2 އެނިއުމަރޭޓަރުން |
|
ރ. އުނގޫފާރު |
2 އެނިއުމަރޭޓަރުން |
|
ރ. ވާދޫ |
2 އެނިއުމަރޭޓަރުން |
* ރ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރުގައި
|
އއ.އަތޮޅު |
|
|
އއ. ބޮޑުފޮޅުދޫ |
2 އެނިއުމަރޭޓަރުން |
|
އއ. ފެރިދޫ |
2 އެނިއުމަރޭޓަރުން |
|
އއ. މަތިވެރި |
2 އެނިއުމަރޭޓަރުން |
|
އއ. ރަސްދޫ |
2 އެނިއުމަރޭޓަރުން |
|
އއ. ތޮއްޑޫ |
4 އެނިއުމަރޭޓަރުން |
|
އއ. އުކުޅަސް |
4 އެނިއުމަރޭޓަރުން |
* އއ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަހުގައި
|
ގއ.އަތޮޅު |
|
|
ގއ. ވިލިނގިލި |
8 އެނިއުމަރޭޓަރުން |
|
ގއ. ދެއްވަދޫ |
2 އެނިއުމަރޭޓަރުން |
|
ގއ. ކޮލަމާފުށި |
2 އެނިއުމަރޭޓަރުން |
|
ގއ. ދާންދޫ |
4 އެނިއުމަރޭޓަރުން |
|
ގއ. މާމެންދޫ |
4 އެނިއުމަރޭޓަރުން |
|
ގއ. ނިލަންދޫ |
2 އެނިއުމަރޭޓަރުން |
|
ގއ. ގެމަނަފުށި |
4 އެނިއުމަރޭޓަރުން |
* ގއ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގައި
މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 17 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި ކައިރި ރަށްރަށަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.
ތިރީގައި އެވަނީ މިސަރވޭގައި މަސައްކަތްކުރާ އެނިއުމަރޭޓަރުންނަށް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްއެވެ.
- ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ (ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)
- ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ
- ފުޑް އެލަވަންސް -/300 ރުފިޔާ
- ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/30 ރުފިޔާ
- ރަށުން ބޭރުގައި ޓްރެއިންވާ / މަސައްކަތްކުރާ އިނިއުމަރޭޓަރުންނަށް ދަތުރު ޚަރަދު، ކެއުން އަދި ހުރުމުގެ އިންތިޒާމް އެމް.ބީ.އެސްގެ ފަރާތުން ހަމަޖައްސާދެވޭނެއެވެ.
ވީމާ، މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 16 ޖުލައި 2026 14:00ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008416 ނުވަތަ 3008488 އިން ލިބިވަޑައިގަންނަވާނެއެވެ.
https://applications.stats.gov.mv/apply/hies-2026-application-for
