ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަންގެ ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

މި ކޮމިޝަންގެ ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން  2026 ޖުލައި 15 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2026 ޖުލައި 15 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. 

ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 މުޙައްރަމް 1448

06  ޖުލައި  2026

07 ޖުލައި 2026
ހޯދާ